ads
މަކުނުދޫގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން---ފޮޓޯ:ތިލަދުން
ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން މަކުނުދޫގައި މުޒާހަރާ ކުރަނީ
ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުކަމަށް ބުނެ ހދ. މަކުނުދޫގައި ބައެއް ރައްޔިތުން ނިކުމެ ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުން އެބަދެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވާފިރު ވިދާޅުވީ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދެ މަހަށް ކަރަންޓު ބިލު ކުޑަ ވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކަރަންޓު ބިލުތައް އެހެން މަސްތަކާ ހިލާފަށް މިދިޔަ މަހު ބޮޑުކަމަށް ވާފިރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުންދާ ކަމަށް ވާފިރު ވިދާޅުވި އެވެ.

ވާފިރު ވިދާޅުވީ އެކަމާ ގުޅިގެން އެރަށު ފެނަކައިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް