ads
މަސްވެރިން
ކަޅުބިލަމަސް ބޭރުކުރި މިންވަރު 158 ޕަސެންޓަށް އިތުރުވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއިން ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
Advertisement

ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކަޅުބިލަމަސް ބޭރުކުރި އަދަދު ވަނީ 158 ޕަސެންޓަށް އުފުލިފައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި 50،564 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ރާއްޖެއިން ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ އެންމެ 19،557 މެޓްރިކް ޓަނުގެ މަހެވެ. ކަޅުބިލަމަހުގެ އިތުރުން މިއަހަރު ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި 7،534 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

ޖުމްލަކޮށް ބަލާއިރު، މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރުގެ ނިޔަލަށް 65،467 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 33،968 ޓަނާ އަޅާބަލާއިރު 31،499 މެޓްރިކް ޓަނުގެ ބޮޑު ކުރިއެރުމެކެވެ. މަސް އެކްސްޕޯޓް ކުރުން މިހާ ބޮޑަށް އިތުރުވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް