ads
ފިނޭންސް މިނިސްޓްރީ
ދައުލަތަށް ލިބުނު އާމްދަނީ 35 ބިލިއަނަށް އަރައި، ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަވެއްޖެ
އުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވެ، ޖުމްލަ 35 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މިދިޔަ މަހުގެ ނިޔަލަށް އެ މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 10.2 ޕަސަންޓުގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީ ރަނގަޅުވުމުގައި މައިގަނޑު ދައުރެއް އަދާކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޓޫރިޒަމް ދާއިރާއިން ލިބުނު ޓެކްސް ނުވަތަ ޓީޖީއެސްޓީ އާއި ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީން ލިބުނު އާމްދަނީންނެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 26.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު ވަނީ 9.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން ޖީއެސްޓީން ލިބުނު އާމްދަނީ ވެސް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާއިރު، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ މަތިވެފަ އެވެ.

އާމްދަނީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ނުވަތަ ހަރަދާއި އާމްދަނީގެ ފަރަގު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 10.2 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް މިއަހަރު ވަނީ 1.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް ހާއްސަކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ވެސް 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ގާތްގަނޑަކަށް 85 ޕަސަންޓުގެ އިތުރުވުމެއްކަން ހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް