ads
ކިއޮސްކް އިން ސާމްޕަލް ނަގަނީ---- ފޮޓޯ: ދިރާގު
ދިރާގުން "ސާމްޕްލިންގް ކިއޮސްކް"ތަކެއް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފި
ކޮވިޑް-19 ބަލީގެ ސާމްޕަލްތައް ނެގުމަށް ހާއްސަކޮށްފައިވާ "ސާމްޕްލިންގް ކިއޮސްކް" ތަކެއް ދިރާގުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުއަށް ހަދިޔާކުރައްވައިފިއެވެ.

އެކިއޮސްކް އަކީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި، ބަލިމީހާއާއި ގައިދުރުކަން ބަހައްޓައިގެން ސާމްޕަލް ނެގޭގޮތަށް ފަރުމާކޮށްފައިވާ ކިއޮސްކްއެކެވެ. އަދި އެކަމުގެ ސަބަބުން ބަލިމީހުންގެ ގައިން ސާމްޕަލް ނަގާ ހެލްތު އޮފިޝަލުންގެ ރައްކާތެރިކަން އިތުރަށް ޔަގީންކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕްރިންޓް ލެބްގެ ފަރާތުން ޑިޒައިންކޮށްފައިވާ އެފަދަ 15 ކިއޮސްކް ދިރާގުން ހަދިޔާކޮށްފައިވާ ކަމަށެވެ.

your imageސާމްޕަލް ނަގަނީ---- ފޮޓޯ:ދިރާގު

އެކިއޮސްކްތައް ބޭނުންކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދުތަކެއްގައެވެ.

ދިރާގުން ހަދިޔާކުރި އެކިއޮސްކްތަކުގެ ސަބަބުން ކޮންމެ ސާމްޕަލެއް ނެގުމަށް ބޭނުންކުރާ ރައްކާތެރިކަމުގެ އާލާތް (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް-ޕީޕީއީ) ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ޕީ.ޕީ.އީ ހޯދުމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ޕީޕީއީގެ އާލާތްތަކަކީ މިހާރު ދުނިޔޭގެ މާކެޓްތަކުގައި ލިބުން ވަރަށް ދަތި، އަދި ކުރީ ސަފުގައި މަސައްކަތްކުރައްވާ މަސައްކަތްތެރިން ކޮވިޑް-19 ބަލިން ރައްކާތެރިކުރުމަށް ރާއްޖެއިން ވެސް ހޯދުމަށް އެންމެ އިސްކަމެއް ދީގެން މަސައްކަތްކުރާ އާލާތްތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް