ads
ރާއްޖޭގެ ރިސޯޓެއްގެ ވިލާތަކެއް: ފޮޓޯ އެސް އޯ ހޮޓެލްސް
އޮޕަރޭޝަނުގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު 66،000 އިން މައްޗަށް
މިއަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާއަށް 3500 އަށް ވުރެ ގިނަ އެނދު އަލަށް ނެރެ، އޮޕަރޭޝަނުގައި ހުރި އެނދުގެ އަދަދު 66،000 އިން މައްޗަށް އަރައިފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށުނުއިރު އޮޕަރޭޝަނުގައި ހުރީ 63،248 އެނދެވެ.

ނަމަވެސް، މިއަހަރުގެ މިހާތަނަށް ވަނީ އިތުރު 3547 އެނދު ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް އަލަށް ނެރެފައެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިވަގުތު ޖުމްލަ 66،795 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި ހުރި 44،381 އެނދާއި، ގެސްޓްހައުސްތަކުގައި ހުރި 16،494 އެނދާއި، ހޮޓާތަކުގެ 2598 އެނދުގެ އިތުރުން ސަފާރީތަކުގައި އޮޕަރޭޓް ކުރާ 3322 އެނދެވެ. އަދި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް، 178 ރިސޯޓާއި 954 ގެސްޓްހައުސް ހިމެނޭހެން ޖުމްލަ 1315 ތަނެއް އަންނަނީ ހިންގަމުންނެވެ.

ހިދުމަތްދޭ ތަންތަން އިތުރުވެފައިވާ އިރު، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 2،080،134 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 10.1 ޕަސަންޓުގެ ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް