ads
ޑރ. ޖަމީލް--
ވަޒީރުންނާއި އާއިލީ އެކައުންޓްތައް މޮނިޓަރިންއަށް ލާންޖެހޭ: ޑރ. ޖަމީލް
ކޮވިޑް19 އާ ގުޅުވާ ވަޒީރުންނާއި ވަޒީރުންގެ އާއިލާ ފަރާތްތަކުގެ އެކައުންޓްތައް މޮނީޓަރިންއަށް ލާންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ކުރެއްވި ޓްވީީޓެއްގައި ވަނީ ކޮވިޑް19 ގެ ކަންކަމާއި ގުޅިގެން ސީޕްލޭން ދަތުރުތައް ކުރަނީ "10،000 ރުފިޔާ ދިނުމަށް"ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. 

އަދި ބުނެފައިވަނީ 600 މިލިއަން ހަރަދުވޮގޮތް އެނގޭކަމަށެވެ. 

"ނިކަމެތިވި ވަގުތު ކަދުރުކޮޅުވެސް ހުސްވެއްޖެ."

ހަރަދުތައް ހިނގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ޑރ. ޖަމީލް ތުހުމަތު ކުރައްވާފައިވާއިރު، ނޭޝަނަލް އެމާޖެންސީ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ކޮވިޑް19 ގެ ކަންކަމުގައި މިހާތަނަށް ހަރުދުތައް ހިނގާފައިވާގޮތުގެ ތަފްސީލުތައް މީޑިއާތަކާ މީގެ ކުރިން ހިއްސާކޮށްފައެވެ. 

ޑރ. ޖަމީލްގެ މި ތުހުމަތު ތަކާއި އެކު ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ޑރ. ޖަމީލަށް ނުހަނު ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ޑރ. ޖަމީލް މީގެ ކުރިން ރައީސް ޔާމީން މަނީލޯންޑްރިންގެ ކުށް ކޮށްފައިވާކަމަށް ތުހުމަތު ކޮށް މިހާރު އެ ކުށުގެ ތުހުމަތުތަކުގައި ރައީސް ޔާމީން ދިފާއުކުރުމަށް ޖަމީލް އުޅުއްވާކަން ގިނަ ފަރާތްތަކަކުން ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް