އެމްޑީޕީން ބުނީ މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދާއިރާތަކާއި އަދި ރަށުކައުންސިލް އަކަށް ބަދަލުވެފައިވާ އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫ ރަށު ކައުންސިލްއަށް އަދި މިދާއިރާތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރަން އަލުން ހުޅުވާލާފައިވާކަމަށެވެ.
އެ ޕާޓީން ބުނީ އެ ދައިރާތައް އަލުން ހުޅުވާލީ ލޯކަލް ކައުންސިލް 2026 ގައި އެ ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ފުރުސަތު ހުޅުވާލި ފަހުން އެ ދާއިރާތަކަށް ބަދަލު އައިސްފައިވާތީކަމަށެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓްގައި މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދާއިރާތަކާއި އަދި ރަށު ކައުންސިލް އަކަށް ބަދަލުވެފައިވާ އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫ ރަށު ކައުންސިލްއަށް އަދި މިދާއިރާތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 18ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.