ads
އަޔަލެންޑް، ޔޫކޭ--
ޔޫކޭ ގައި މަރުވި މީހުންގެ އަދަދު 28،000 އަށް އަރައިފި
މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން އިނގިރޭސި ވިލާތުގައި މަރުވި މީހުންގެ އަދަދު ވަނީ 28,446 އަށް އަރާފަ އެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ސްޕެއިން އާއި ފްރާންސް އަށްވުރެ މައްޗަށް އަރާފައެވެ.

އާދިއްތަ ދުވަހު އެކަނިވެސް އެގައުމުން ވަނީ 315 މީހުން މިބަލި ޖެހުމުގެ ސަބަބުން މަރުވެފައެވެ. އަދި 4،000 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

މިހާތަނަށް ޖުމްލަ 186,599 މީހުން އިނގިރޭސި ވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުން ކޮވިޑް-19 ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅު ތަކަށް ލުއި ދެމުން އަންނަ އިރު، އިނގިރޭސި ވިލާތުގައި ލޮކްޑައުން އަދި މިބަލި އިތުރަށް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަމަލު ކުރާނެ ގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ސްކައި ނިއުސްގައި ރިޕޯޓްކުރާ ގޮތުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމުގައި އިއުލާންކޮށްފައިވާ ލޮކްޑައުން ނެގުމަށް ކަންކުރާނެ ގޮތުގެ އުސޫލު އާންމު ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް