ads
އިމިގްރޭޝަނުން މަސާޖު ޕާލާއެއް ބަލާ ފާސްކުރަނީ
މަސާޖު ޕާލާތަކުން އިއްޔެވެސް 4 މީހަކު ހައްޔަރުކޮށްފި
މަސާޖު ޕާލާތަކުން އިއްޔެވެސް 4 މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެވެސް މާލޭގައި ހިންގަމުންދިޔަ ބައެއް މަސާޖު ޕާލާތަކަށް ވަދެފައިވާކަމަށެވެ. 

އެގޮތުން މާލޭގައި ހިންގަމުންދިޔަ 10 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށާއި އެ ތަންތަނުން 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. 

ރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވީދާޅުވީ މާލޭގައި ހިންގަމުން ދިޔަ 52 މަސާޖު ޕާލާ ހަފްތާއެއްގެތެރޭ ބަންދުކޮށްފިކަމަށެވެ. 

މިމަހުގެ 9 ވަނަދުވަހު އެކަމަށް ހާއްސަ އޮޕަރޭޝަނެއް ކަމާއި ގުޅާ ދާއިރާތަކުން ފަށާ މިދިޔަ 16 ދުވަހުގެ ތެރޭގައި 52 މާސާޖު ޕާލާއެއް ބަންދުކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި އޮޕަރޭޝަން ހިންގަން ފެށުމުން އަމިއްލައަށް ބައެއް ތަންތަން ބަންދުކުރިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް