ads
މިދިޔަ އަހަރު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން 3.8 ބިލިޔަން ރުފިޔާ
މިދިޔަ އަހަރު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މީރާގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.91 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ލިބިފައިވެ އެވެ. ޑިޕާޗާ ޓެކްހުގެ ގޮތުގައި މިދިޔަ އަހަރު 1.13 ބިލިއަން ރުފިޔާ ލިބުނު އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނީ 1.15 ބިލިއަން ރުފިޔާ އެވެ.

ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް:

 - އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު

 - ބިޒްނަސް ކްލާސް: ދިވެހިން - 60 ޑޮލަރު / ބިދޭސީން - 60 ޑޮލަރު

 - ފަސްޓް ކްލާސް: ދިވެހިން - 90 ޑޮލަރު / ބިދޭސީން - 90 ޑޮލަރު

 - ޕްރައިވެޓް ޖެޓު: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު

މީރާގެ ރިޕޯޓުގައި ބުނެފައިވަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވީ، 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށެވެ. 2025 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް