ގއ. އަތޮޅޫގައި ޑްރަގު ވިޔަފާރިކުރާތީ ހަޔަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
ފުލުހުން ބުނީ ބުނީ މި ހަތަރު މީހުންނަކީ ޑްރަގްގެ ވިޔަފާރި ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ.. މި މީހުންނާއި ގުޅުންހުރި 53 އެކައުންޓެއް ފްރީޒްކޮށްފައިވާކަން ފުލުހުން ރޭ ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި އެ މީހުންގެ މައިންބަފައިންނާއި އާއިލާގެ މީހުންގެ އެކައުންޓުތައްވެސް ހިމެނޭކަން ވަނި އެނގިފައެވެ.
މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް، ފުލުހުން ހާއްސަ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށް ވެސް ބުންޏެވެ. އެ ތަހުގީގުން ފުލުހުންނަށް އެނގިފައިވާ ގޮތުގައި އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން ދަނީ ޑްރަގް ޓްރެފިކް ކުރަމުންނެވެ.
އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ނެޓްވޯކް މެމްބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު ލައްކަ އަށް ވުރެ ގިނަ ޑޮލަރު ދައުރު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.