ads
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ
ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން؛ އެންމެން ތިބޭނީ އެއްކޮށް: ގަފޫރު
އެމްޑީޕީގެ އެއްވެސް ބޭފުޅަކު ޕާޓީއާ ދުރަކު ނުހުންނާނެ ކަމަށާއި މިއަންނަ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ހުރިހާ ބޭފުޅުން ވެސް ތިބޭނީ އެއްކޮށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
Advertisement

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަޕޯ ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި ފޯރި ހުންނަންޖެހޭނެ ކަމަށާއި އެކަން އިއްޔެ ބޭއްވި އިންތިހާބުން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

ޕްރައިމަރީގައި 123 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރިއިރު، ޖުމްލަ 65 ވޯޓު ފޮށި ބެހެއްޓި އެވެ. އޭގެ ތެރެއިން 31 ވޯޓު ފޮށި މާލޭގައި ބެހެއްޓިއިރު، 34 ވޯޓު ފޮށި ބެހެއްޓީ އަތޮޅު ތެރޭގެ ރަށްރަށުގަ އެވެ.

ގަފޫރު ވިދާޅުވީ، އިންތިހާބުގެ ކުރިން ކިތަންމެ ވާދަވެެރިކޮށް ކެމްޕޭންތައް ކުރިއަށް ގެންދިޔަޔަސް އިންތިހާބު ނިންމާލީީ ހުރިހާ ކެންޑިޑޭޓުން ވެސް ވަރަށް އެކުވެރިކޮށް ކަމަށެވެ. 

"އަޅުގަނޑުމެންގެ ތެރޭގައި ބައެއްފަހަރު ދެބަސްވުން އޮތް ކަމުގައި ވިޔަސް، ހިޔާލު ތަފާތުވުމެއް ނެތް. އެންމެން އެއްކޮށް އިރާދަކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބު ކުރާނަން،" ގަފޫރު މިއަދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް، އަދި އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންދިޔައީ އާދަމް އާޒިމާއި އަލީ އާޒިމާ ދެމެދުގަ އެވެ. ދެބޭފުޅުންގެ ކެމްޕެއިންގައި ވެސް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރެއްވި އެވެ.

ވޯޓުލުން ކުރިއަށް ގެންދިޔަގޮތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ހުށަހެޅިފައި ނުވާކަން ގަފޫރު ފާހަގަކުރެއްވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް