ads
ގާޒާގެ "ބޯޑް އޮފް ޕީސް" އިފްތިތާހުކުރުން - ފޮޓޯ/ އޭޕީ
ޓްރަމްޕުގެ "ބޯޑް އޮފް ޕީސް" އިފްތިތާހުކޮށްފި
މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ގާޒާ ހިންގުމަށް އުފައްދާ "ބޯޑް އޮފް ޕީސް" އިފްތިތާހުކޮށްފި އެވެ.
Advertisement

މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް މި ބޯޑުގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ. އެ ބޯޑު އުފައްދަަވައި ޓްރަމްޕް ވިދާޅުވީ ހުށަހެޅުއްވި ސުލްހައިގެ ބޯޑަށް 59 ގައުމަކުން ތާއީދު ކޮށްފައިވާ ކަމަށެވެ. ގާޒާއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ހަމާސްއިން ވައުދުވި ގޮތަށް އަމަލު ކުރާނެ ކަމަށެވެ. 

ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން ޓްރަމްޕް އިއްޔެ މި ބޯޑު ރަސްމީކޮށް އިފްތިތާހު ކުރި ނަމަވެސް، އެންމެ ހައިރާން ކުރަނިވި އެއް ކަމަކީ މި ބޯޑްގައި އިނގިރޭސި ސަރުކާރުން ބައިވެރިނުވުމެވެ.

އެމެރިކާ ފިޔަވައި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ އެއްވެސް މެންބަރަކު އަދި މި ބޯޑުގައި ބައިވެރިވުމަށް ނިންމާފައެއް ނުވެ އެވެ. ރަޝިޔާއިން ބުނެފައިވަނީ މި ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށެވެ. 

އިނގިރޭސީނާއި ޔޫކްރެއިނުން ވަނީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހިމެނޭ ނަމަ އެ ބޯޑެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ނޯވޭއިން ވަނީ ބޯޑަށް ނޫނެކޭ ބުނެފަ އެވެ. ޗައިނާއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެތައް ގައުމަކަށް ޓްރަމްޕު މި ދައުވަތު ފޮނުއްވާފައި ވާއިރު ބޯޑުގެ ދާއިމީ މެންބަރަކަށް ވާން ބޭނުން ނަމަ އެއް އަހަރު ތެރޭ 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އެ ދައުވަތާ އެކު ބުނެފައިވެ އެވެ. 

އެ ބޯޑުގެ ބޭނުމަކީ ގާޒާގެ މައްސަލަތައް ހައްލުކުރުން ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މައްސަލަތައް ހައްލުކުރުމަކީ ޓްރަމްޕްގެ ބޭނުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ބޯޑުގެ މަގްސަދާއި ގުޅުވާ ޓްރަމްޕް ވިދާޅުވީ މި ބޯޑުން މަސައްކަތް ކުރާނީ އދ. ހިމެނޭހެން މުޅި ދުނިޔެއާއި ގުޅިގެން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް