ads
މަނަދޫ އިން ޓެސްޓް ކުރި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް
ނ. މަނަދޫ އިން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހާ ބައްޔަށް ޕޮޒިޓިވް ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ، މަނަދޫ ކޭސްގައި މިއަދު ސާމްޕަލް އެއް ނަގައި ޓެސްޓް ކުރުމުން އެމިހާގެ ނަތީޖާ ޕޮޒިޓިވްވެފައި ވާކަމަށެވެ. އެމީހާގެ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި އެމަސައްކަތް ނިމެންދެން މަނަދޫ އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

މީގެ ކުރިން މަނަދޫ އިން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށުގެ ހެލްތު ކެއާގެ ފްރޮންޓުލައިނުގައި މަސައްކަތް ކުރާ 15 މީހަކު ކޮންޓެކްޓް ޓެރޭސިންގެ ތެރެއިން އައިސޮލޭޝަނުގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. 

ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ސާމްޕަލް ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށާއި ރަށް ރަށުން ސާމްޕަލްތައް ނެގުމަށް ފަހު ޕްރޮސެސް ކުރުމަށް މާލެއަށް ގެންނަނީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ސާމްޕަލްތައް ނެގުމަށް ފަހު ލެބޯޓްރީ އަށް ގެންދަންވާ ގަޑިއަށް ސާމްޕަލްތައް މާލެ ގެނެވޭނެ ކަމުގެ ޔަގީންކަންވެސް މީގެ ކުރިން މަބްރޫކް ވަނީ ދެއްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް