ads
ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ގައްސާނު
ސިފައިން ހޯދި ކާމިޔާބަށް ރައީސްގެ ތައުރީފު
ޕާކިސްތާން އާމީ ޓީމް ސްޕިރިޓް މުބާރާތުގައި ދިވެހި ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްއިން ރަން މެޑަލް ހާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ޕެޓްސް ކޮމްޕެޓިޝަންގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ވަނީ ރަން މެޑަލް ހާސިލުކޮށްފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ޕެޓްސް މުބާރާތުގައި މިއަހަރު ވާދަކުރި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި ސިފައިން އެ ކާމިޔާބީ ހާސިލުކޮށްފައި ވަނީ ސިފައިންގެ ބިލުކަމާއި ސިފައިންގެ ހުނަރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ދޭ ހާއްސަ ސަމާލުކަމުން ކަމަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބޭއްވި "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. 

ޕާކިސްތާނުގެ ނޭޝަނަަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، ޕަބީގައި މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ބޭއްވި އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް