ads
ޗޮކްލެޓް ލާވާ ކޭކް---
ސީއެންއެމް ބަދިގެ: ޗޮކްލެޓް ލާވާ ކޭކް
މިއަދުގެ ސީއެންއެމް ބަދިގޭގައި މި ގެނެސް ދެނީ ޗޮކްލެޓް ލާވާ ކޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި: 

-4 ބިސް

- ބަޓަރު 

- 1/2 ޖޯޑު ހަކުރު

- 3 މޭޒުމަތީ ސަމުސާ ފުށް

- 1/4 ސައިސަމުސާ ލޮނު

 - 1/2 ޖޯޑު ބަޓަރު

- 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

- 1/2 ސައިސަމުސާ ވެނީލާ އެސެންސް

- 200ގ ޑާކް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް:

ޗޮކްލެޓް އަދި ބަޓަރު ތަވަޔަކަށް އަޅައި ދިޔާ ވަންދެން ހޫނު ކުރާށެވެ. މިކްސް ކުރެވޭ ވަރަށް ދިޔާ ވުމުން އޭގެ ތެރެއަށް އެސެންސް އަޅައި ގިރާލާށެވެ.

އެއަށް ފަހު ހަކުރު، ފުށް އަދި ލޮނު އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން މިކްސް ކުރި ޗޮކްލެޓް އަޅައި ރަނގަޅަށް ގިރާލާށެވެ.

މިކްސް ވުމުން ފަހަރަކު ބިހެއް އަޅައި ގިރަމުން ގެންދާށެވެ. ރަނގަޅަށް އެއްކުރެވުމުން މަފިން ފިހަން ބޭނުންކުރާ ތަށީގައި ކޮކޯ ޕައުޑަރު ހާކާށެވެ. އަދި އެއަށް ފަހު ތަށީގެ މެދާ ހިސާބަށް ކޮޗްކްލެޓް އެޅުމަށް ފަހު 25 މިނެޓް ވަންދެން ފިހެލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް