ads
ބްރެޑް ރޯލްސް----
ސީއެންއެމް ބަދިގެ: ބްރެޑް ރޯލްސް
މިއަދުގެ ސީއެންއެމް ބަދިގޭގައި މި ގެނެސް ދެނީ ބްރެޑް ރޯލްސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 

  • ލޮނު 
  • އަސޭމިރުސް  
  • 2 ދަޅުމަސް
  • 1/2 ގިތެޔޮ މިރުސް
  • 1 ފިޔާ 
  • 2 ސަމްސާ ބަޓަރު
  • 1 ބޮޑު ޕާން 

ތައްޔާރުކުރާނެ ގޮތް: 

އެންމެ ފުރަތަމަ ކުދިކޮށް ފިޔައި ކޮށުމަށް ފަހު ބަޓަރުކޮޅުގައި ފިޔާ ރަތް ކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން މިރުސް އަޅައި ހަނާކޮށްލުމަށް ފަހު މަސް، ލޮނު އަދި އަސޭމިރުސް އަޅާ ހަނާ ކޮށްލާށެވެ. އެއަށް ފަހު ޕާންޕޮތިތަކުގެ ކައިރި ކެފުމަށް ފަހު ރޮށިދަމާ އެތި މަތީގައި ބޭއްވުމަށް ފަހު ޕާންފޮތިތައް ދަމާލާށެވެ.

އޭގެ ފަހުން ކޮންމެ ޕާންފޮއްޗަކަށް ވެސް ހަނާކޮށްފައި ހުރިމަސްގަނޑުން މަސްކޮޅެއް އެޅުމަށްފަހު، ރޯލް ހަދަން އޮޅާ ގޮތަށް އޮޅާލާށެވެ.'

އެގޮތަށް އޮޅުމަށް ފަހު ޓޫތު ޕިކް ބޭނުންކޮށްގެން ހަރުކޮށްލެވިދާނެ އެވެ. މިގޮތަށް ހުރިހާ ޕާންފޮއްޗަކަށް ހަނާކޮށްފައި ހުރިމަސްގަނޑު އެޅުމަށް ފަހު ޓްރޭއެއްގައި އަތުރާލުމަށްފަހު، މަޑު މުށިކުލައެއް އަރަންދެން ބްރެޑް ރޯލްސްތައް ފިހެލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް