ads
މީރާ އޮފީސް
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2.8 ބިލިއަން ރުފިޔާއަށް
މިދިޔަ މަހު ދައުލަތަށް 2.8 ބިލިއަން ރުފިޔާގެ އާއްމަދީ އެއް ލިބިފައިވާކަމަށް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
Advertisement

މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އަކި އެމަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ 11.6 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އަދި މީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްފދަނީއަށްވުރެވެސް .8 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ. 

މިރާއިން ބުނީ މިދޔަ ފެބްރުއަރީއަށް ވުރެ މި ފެބްރުއަރީގައި ލިބުނު އާއްމަދީ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. މީގެ އިތުރުން ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވުންވެސް އެއީ އާމްދަނީ ދަށްވި ސަބަބެއްކަަމަށް މިރާއިން ބުނެއެވެ. 

މިދިޔަ މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ 1.4 ބިލިއަން ރުފިޔާ ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންކަމް ޓެކުހުން 599.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ މަހުގެ ބައެއް އާމްދަނީތައް

  • ގްރީން ޓެކުހުން  200.36 މިލިއަން ރުފިޔާ 
  • ޑިޕާޗާ ޓެކުހުން 134.33 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ
  • ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 196.34 މިލިއަން ރުފިޔާ     

މިދިޔަ ފެބްރިއަރީ މަހު ލިބުނު އާމްދަނީގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;