ads
މިނިސްޓަރު ފައްޔާޒު---
ޕެންޝަން ފަންޑުން ފައިސާ ދޫކުރާކަށް ވިސްނުމެއް ނެތް: ފައްޔާޒު
ޕެންޝަން ފަންޑުން ފައިސާ ދޫކުރާކަށް ވިސްނުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފެންޝަން ފަންޑު ބޭނުން ކުރަން އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި އެފައިސާ ބޭނުން ކުރަން ވިސްނުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ޕެންޝަން ފަންޑުގައި އަތް ނުލާ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކުރަންޖެހިއްޖެ ހާލަތެއްގައި ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އަދި ޕެންޝަން ފަންޑުގައި އަތްލާ ހިސާބަށް ދިޔަ ކަމަށް ގަބޫލެއް ނުކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެހާ ރަނގަޅު ކަމެއް ނޫން ކޮންމެ ފަހަރަކު ކަމެއް ޖެހޭ އިރަށް ޕެންޝަން ފަންޑުން އެ ލާރި ނަގަން. ކުރިއަށް އޮތްތާންގައި އަޅުގަނޑުމެނަށް ބެލެވިދާނެ ޕެންޝަން ފަންޑުގެ އިތުރުން ޕްރޮވިޑެންޓް ފަންޓެއް ހަދަންވީ އެހެންވެއްޖިއްޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މިނިސްޓަރު އަމީރު ވަނީ ޕެންޝަން ފަންޑުން ސްޓިމިއުލަސް ޕެކޭޖަށް ފައިސާ ދޭން އެއްވެސް ވަރަކަސް ނުވިސްނާ ކަމަށާއި އެގޮތަށް އެކަން ކުރަން ބޭނުންނުވާކަމަށް ވިދާޅުވުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް