ads
ފައްޔާޒު---
ބޮޑު ގުރުބާނީއެއް ވެގެން ނޫނީ ލޮކްޑައުންއަކުން ނުނިކުމެވޭނެ: ފައްޔާޒު
ބޮޑު ގުރުބާނީއެއް ވެގެން ނޫނީ ލޮކްޑައުންއަކުން ނުނިކުމެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލޮކްޑއުނުގެ ހާލަތުގައި އަބަދު ނުބޭއްވޭނެ ކަމަށާއި އެކަން ކުރަމުންދަނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށެވެ.

"އެބޭފުޅުން ބޭނުންވަނީ ވީހާ ވެސް ކުރުކޮށް ލޮކްޑައުން ހިފަހައްޓާފައި އޭތި ވަރަށް ހަރުކަށިކޮށް ހިފެހެއްޓުމަށް، އޭގެ މާނައަކީ އާންމު ރައްޔިތުންވެސް ގޭގައި ތިއްބަވަންވީއޭ" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ލޮކްޑައުން އުވާލެވޭނީ މެއި މަހު ފިޔަވަޅުތައް ހަރުކަށިކޮށްގެން ކަމަށެވެ. އަދި ބޮޑު ގުރުބާނީއެއް ވެގެން ނޫނީ ލޮކްޑައުންއަކުން ނުނިކުމެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު، މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު އެ ދުވަހު ވަނީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް