ads
އައިޖިއެމްއެޗް---ފޮޓޯ:ރާއްޖެއެމްވީ
ހިމަބިއްސަށް މިއަދު 11 މީހުން ޓެސްޓު ކުރި: އެޗްޕީއޭ
ހިމަބިއްސަށް މިއަދު 11 މީހުން ޓެސްޓު ކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހިމަބިއްސަށް މިއަދު 11 މީހުން ޓެސްޓު ކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ހިމަބިއްސަށް މިއަދު 11 މީހުން ޓެސްޓު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކުވެސް ހިމަބިއްސަށް ޕޮސިޓިވް ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.

ނަމަވެސް ރާއްޖޭގައި ހިމަބިހި ނުވަތަ މީސުލްސް ފެތުރެމުންދާ ކަމަށް ސަރުކާރުން މިމަހު 13 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މިމަހުގެ އަށް ވަނަ ދުވަހު ހިމަބިއްސަށް ޝައްކުކުރުނު އުމުރުން ތިން އަހަރުގެ ކުއްޖާ މިހާރު ވަނީ އެ ބައްޔަކަށް ޕޮޒިޓިވްވެފަ އެވެ. ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު އައިޖީއެމްއެޗުން ބުނާ ގޮތުގައި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އެކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވުމުންނެވެ.

އޭގެ ފަހުން 30 އަހަރުގެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވަނީ ވެފައެވެ. އަދި އޭގެ ފަހުން އިތުރު މީހަކު ވެސް ވަނީ ހިމަ ބިއްސަށް ޕޮސިޓިވް ވެފައެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން ޖަހަންޖެހޭ އެމްއެމްއާރު އަދި އެމްއާރު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ހުރި ނަމަ ހިމަބިހި ޖެހުމުގެ ފުރުސަތެއް ނެތެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް