ads
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ފައިނޭޝަލް ސެންޓަރު މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެންނަނީ!
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުގެ ސްކޯޕަށް ބޮޑު ބަދަލެއް ގެންނަމުންދާ ކަމަށް ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިގުތިސާދު ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. މުސްތަގުބަލުގެ މާލީ ދާއިރާ ގާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަހައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރެވޭނެ ކަމަށް ވެސް ސަރުކާރުން ދެކެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި "ޕްރެސާ ވިތު ދަ ސްޕޮކްސް"ގައި ނޫސްވެރިއަކު އެ މަޝްރޫއުއާ ގުޅޭގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން މަޝްރޫއުގެ ސްކޯޕަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

"އެ ބޭފުޅުންގެ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނެވި ކަމަށް ވަނީ. އޭގެ މާނައަކީ އެ ބޭފުޅުން ފުރަތަމަ މަޝްރޫއު ހުށަހެޅުއްވިއިރު ގެންގުޅުއްވި ސްކޯޕަށް އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން ހުށަހަޅުއްވައިގެން ކަމާބެހޭ ފަރާތްތަކުން ރިވައިސްޑް ސްކޯޕްގެ ފީޒިބިލިޓީ އާއި އެޕްރޫވަލްސް ކުރިއަށް އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ސެންޓަރުގެ މަސައްކަތް 2030 ވަނަ އަހަރު ނިންމުމަށް ރާވާފައިވާއިރު، އެ މަޝްރޫއުގެ މަގްސަދަކީ ފުރަތަމަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ މިންވަރަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ހޯދުމެވެ.  

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ވާނީ ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވާން ދިއުމުގެ މައި ބިންގާކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަޝްރޫއުގެ ދަށުން ހަދާ ތަންތަން

  • ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
  • މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް 
  • ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  • މަތީ ފަންތީގެ ފިހާރަތައް
  • އޯޝަނޮގްރަފިކް މިއުޒިއަމެއް
  • ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  • ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
  • މިސްކިތެއް
  • އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
  • 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ބުނީ އެމްއައިއެފްސީގެ ނަމުގައި ގާއިމުކުރާ ސެންޓަރު ހަދަނީ ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައިކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ހަދާ އެ ސެންޓަރު ހަދަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށްކަމަށެވެ. އަފި އެ ތަނަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;