ads
ކޮއްދިއްޕަރު ރިސޯޓް
ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ނިސްބަތް އިތުރުކުރަނީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 51 އިންސައްތައަށް އިތުރުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށިގެން އަންނައިރު އެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

އެގޮތުން ދިވެހިންގެ ނިސްބަތް 51 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން ފަށަން ތައްޔާރުވަމުން އަންނައިރު ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނުން އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިން މިހާރު ވަނީ ފޮނުވާފަ އެވެ. 

އެ ގައިޑްލައިނާއެކު ޓޫރިޒަމް މިނިސްޓްރީން އެފަދަ ތަންތަނަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަލުން ފަށާއިރު، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިސްކަންދިނުމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނަށް އިލްތިމާސްކޮށްފަ އެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި އެކަށީގެންވާ މިންވަރަކަށް ދިވެހިންނަށް ވަޒީފާ ނުލިބޭ ކަމުގެ ޝަކުވާއަކީ އަބަދުމެ އިވޭ އަޑުތަކެކެވެ. އެކަމަކު މިނިސްޓަރު އަލީ ވަހީދު ވަނީ އެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންނަށް ވުރެ ދިވެހިންގެ އަދަދު އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް