ads
ދަރުބާރުގެ ކައިރީގައި ކުރި އިހްތިޖާޖު-- ފޮޓޯ: ވަގުތު/ އަހުމަދު އަލީ
ރޭގަނޑުގެ ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރުމުން އިހްތިޖާޖުކޮށްފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު 08:00 އިން ފަތިހު 05:00 އަށް ވެހިކަލް ދުއްވުން މާލެ ސަރަހައްދުގައި މަނާކުރުމުން މިއަދު ބަޔަކު އިހުތިޖާޖުކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ކުރިމަތީގައި މިއަދު އެއްވެ އިހުތިޖާޖު ކުރީ ރެސްޓޯރެންޓުތަކާއި ކެފޭތަކަށް ނިސްބަތްވާ މީހުން ކަމަށް ވެއެވެ. 

ދަރުބާރުގެ ކައިރިއަށް އެއްވި މީހުން ވަނީ އެޗްޕީއޭއިން ރޭ އިއުލާނު ކުރި ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލާ، އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރު އުފުލާފަ އެވެ. 

އުޅަނދު ދުއްވުން މަނާ ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ އެގޮތަށް ނިންމީ ޒުވާނުން އެއްވެ އުޅުނު މަދު ކުރުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް