ads
ކުރީގެ ހުކުރު ހުތުބާއެއްގެ ތެރެއިން--
ހަގީގީ ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފާ މާތްﷲ އަށް ބަރޯސާވުން: ހުތުބާ
ހަގީގަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ ރަސްކަލާނގެއަށް ބަރޯސާވުން ކަމަށް ހުތުބާގައި ބުނެފި އެވެ.

ހައްގު ގޮތުގައި ﷲ އަށް ވަކީލުކުރުމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ މާތް ﷲ މި ކާއިނާތުގެ ކަންކަން ތަދުބީރު ކުރައްވައި، ރާއްވަވައި، ހިންގަވަނީ، އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވާ ކަމަށެވެ. 

އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ ސަބަބުތަކަކީ ކަމެއް ހާސިލްކުރުމުގައި، މުހިއްމު ކަމެއް ނޫން ކަމަށް ދުށުމަކީ، ސިކުނޑީގެ އުނިކަމެއް ކަމަށާއި އަދި އިސްލާމް ދީން ގޮވާލާ ގޮތެއް ވެސް ނޫން ކަމަށެވެ. 

އެގޮތުން ހަމައެެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ އިސްލާމީ އަގީދާއާ ފުށުއަރާ ކަމެއްކަމަށާއި އެހެންކަމުން އިންސާނުންގެ މައްޗަށް އޮތީ، ސަބަބު ތަކުގައި ހިފައި، ﷲ ތަޢާލާ އަށް ބަރޯސާވުން ކަމަށެވެ. 

ހުތުބާގައި އިތުރަށް ބުނީ މާތްﷲ އަށް ވަކީލުކުރާ ތައުހީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަކަށް ބަރޯސާނުވުން ކަމަށާއި އަދި އެ ސަބަބުތަކަށް އިހުމާލުވެ، ދޫކޮށް ވެސް ނުލުން ކަމަށެވެ. ނަމަވެސް، ސަބަބުތަކުގައި ހިފައި، ސަބަބުތައް މެދުވެރިކުރައްވާ، އާލަމުތަކުގެ ވެރި ރަސްކަލާނގެއަށް އުއްމީދުކުރުންކަން ފާހަގަކުރެ އެވެ. އަދި ރަމަލުޖެހުމާއި ފާލުބެލުމާއި އަތްބެލުމާއި ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުވުމަށް ވެސް ހުތުބާގައި ގޮވާލަ އެވެ. 

އަދި މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި، އަދި ކުރިމަތިވާ ކޮންމެ މުސީބާތެއްގައި ވެސް، އޭނާގެ މަދަދުގާރަކީ ގަދަ ކީރިތި ވަންތަ ތައާލާ ކަމަށާއި އެހެންކަމުން އޭނާއާ މެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތި ކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފި ނަމަ، އޭނާއަށް އެކަލާނގެ ފުދިގެންވާކަން ވެސް ހުތުބާގައި ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް