ads
ބްރޯޑްކޮމް އިދާރާ-- ފޮޓޯ: ރާއްޖެ އެމްވީ
ބްރޯޑްކާސްޓިން އާ ގުޅޭ ގަވާއިދަށް އިސްލާހުތަކެއް
ޑިސްޕިއުޓް ރިޒޮލިއުޝަނާއި ރިވިއު ޕްރޮސެސް ތައާރަފުކޮށް ބްރޯޑްކާސްޓިންއާ ގުޅުން ހުރި ގަވާއިދު އިސްލާހުކޮށްފި އެވެ.

ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ގަވާއިދު އިސްލާހު ކުރުމުގެ ތެރެއިން ގާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"ގަވާއިދު އިސްލާހު ކުރަން އެބަ ޖެހޭ. އޭގެ ތެރެއިން ގާނޫނަށް ވެސް އިސްލާހީ ބަދަލު ގެންނަން ޖެހޭ. ގަވާއިދުތައް ވަނީ މިހާރު އިސްލާހު ކުރެވިފައި. ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ވެސް ބަލަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ގަވާއިދަށް ގެނައި ބަދަލަކީ މަޝްވަރާގެ ދަށުން ކަންކަން ނިންމުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ތައާރަފް ކުރުމާއި ކުރިން ނިންމާފައިވާ މައްސަލަތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އަލުން ބެލުމަށް އެދި ހުށަހެޅޭ ނިޒާމެއް ގާއިމް ކުރުމެވެ. 

ތަފާސްހިސާބަށް ބަލާއިރު، ބްރޯޑްކާސްޓް ކުރުމާ ގުޅޭ 653 ޝަކުވާއެއް ބްރޯޑްކޮމަށް ހުށަހަޅާފައި ވެއެވެ. އެއީ ކޮންޓެންޓާ ގުޅުން ހުރި 242 ޝަކުވާ އާއި 327 ލައިސެންސް މައްސަލަ އެވެ. އޭގެ ތެރެއިން ނުނިމި ވަނީ 32 މައްސަލަ އެވެ. އެއީ ލައިސެންސާ ގުޅުން ހުރި 21 މައްސަލަ އާއި ކޮންޓެންޓާ ގުޅުން ހުރި ފަސް މައްސަލަ އަދި ހިދުމަތާ ގުޅުން ހުރި ހަ މައްސަލަ އެކެވެ.

ބްރޯޑްކޮމުން ގަވާއިދަށް ބަދަލުގެނެސްފައި ވާއިރު، މިއަދު ވަނީ ބްރޯޑްކާސްޓިން އަދި ރީބްރޯޑްކާސްޓިން ލައިސެންސަށް އެދުމުގެ ފުރުސަތު ފަސް އަހަރުގެ މުއްދަތަށް ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް