ads
އަހުމަދު އަދީބު--
ބަލި ހާލަތު ހުރި ގޮތުން އަދީބު ގޭބަންދަށް ބަދަލުކޮށްފި
އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވި މައްސަލާގައި 20 އަހަރަށް ޖަލަށް ހުކުމް ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ސިއްހީ ސަބަބުތަކަށްޓަކައި މީގެ ކުރިން ވެސް އަދީބު ހުރީ ގޭބަންދުގަ އެވެ.

މިދިޔަ ހަފްތާގައި 20 އަހަރަށް ޖަލަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން އަދީބު ވަނީ މާލެ ޖަލަށް ގެންގޮސްފަ އެވެ. އެކަމަކު އަނެއްކާވެސް ސިއްހީ ސަބަބުތަކާ ގުޅިގެން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާ އެއް އުފުލާފަ އެވެ. އެއީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

ދައުލަތާއި އެކު ހަދަފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދީބު ވަނީ މި ހަތް ދައުވާ އަށް ވެސް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެ ފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް