ads
އަބްދުއްރަހީމް--
ޔާމީނާ ދެކޮޅަށް އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެއް ކަން ސާފުވެއްޖެ: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓުތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމުން، އެމަނިކުފަނާ ދެކޮޅަށް ސިޔާސީ ދައުވާތަކެއް އުފުލާފައިވާކަން ސާފުވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކައުންޓުތައް ފްރީޒް ކުރަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ އެކައުންޓުތައް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އަދި އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން މިއަދު ނިންމީ ޔާމީނާ އެއްކޮޅަށެވެ.

ސްޕްރީމް ކޯޓުން ބުނެފައި ވަނީ އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަށް އެކައުންޓް ހިފަހައްޓަން އެދުނީ އެކްސްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅިގެން ނަމަވެސް އެ އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

އެކަމަށް ރިއާޔަތް ކުރައްވާ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގެނީ ރައީސް ޔާމީނުގެ މައްޗަށް ސިޔާސީ ދައުވާތަކެއް އުފުލާފައިވާކަން ކަމަށެވެ. އަދި ވަގުތުން އެމަނިކުފާނު މިނިވަން ކުރުމަށް ވެސް ގޮވާލެއްވި އެވެ. 

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ޔާމީންގެ މައްޗަށް ސާބިތުވެ އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

އެ މައްސަލައިގެ އިތުރުން އަދި ދެ ދައުވާއެއް އެމަނިކުފާނާ ދެކޮޅަށް ވަނީ އުފުލާފަ އެވެ. އެއީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް