ads
މަސްތުވާތަކެތި ހުރި ދޯނި އޮތް ސަރަހައްދުގެ މޫދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
ހުޅުމާލެ ފަޅުގައި އޮތް ބޯޓަކުން 100 ކިލޯއެއްހާ ޑްރަގްސް ފެނިއްޖެ
ހުޅުމާލެ ފަޅުގައި އޮތް ބޯޓަކުން 100 ކިލޯއެއްހާ ޑްރަގްސް ފެނިއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ދޯނި އޮތް ސަރަހައްދުގައި މި ވަގުތު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅެ ތަފްސީލް އަދި ނުލިބުނު ނަމަވެސް، ލަފާ ކުރެވޭ ގޮތުގައި އޭގެ ބަރުދަނުގައި 100 ކިލޯ ހުންނާނެ އެވެ.

މިދިޔަ ހަފްތާގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ވެސް އައްޑޫ ކަނޑުމަތިން 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް