ads
ކަނޑިންމަ ރިސޯޓް--
ކަނޑިންމަ މުވައްޒަފުގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ
ކޮވިޑަށް ޕޮޒިޓިވްވެ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު މަރުވި މައްސަލާގައި އެ ރިސޯޓުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އުމުރުން 60 އަހަރުގެ އާދަމް ނަސީރު ބަލިވެ އުޅޭތާ ދުވަސްތަކެއް ވީ އިރު ވެސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ ހުށަހަޅަން އޭނާގެ އާއިލާއިން ވެސް ބޭނުންވެ އެވެ.

އެޗްއާރްސީއެމުން މިއަދު ބުނީ އޭނާގެ މަރުގައި ރިސޯޓުގެ އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ފެށީ އަމިއްލަ އިސްނެގުމަށް ކަމަށެވެ. 

އޭނާ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނީ މަރުވުމަށް ފަހު ހެދި ޓެސްޓުންނެވެ. އޭރު ވަނީ ކަނޑިންމަ ރިސޯޓުގެ ގިނަ މުވައްޒަފުންނަށް މި ބަލި ޖެހިފަ އެވެ. އެގޮތުން މިހާތަނަށް 27 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 

މި މައްސަލާގައި އިހުމާލުވެފައި ނުވާނެ ކަމަށް ރިސޯޓުން ބުނެ އެވެ. ނަމަވެސް ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓީމްގެ ސެކެޓްރީ ޖެނެރަލް މައުރީފް ޒާކިރް ސީއެންއެމަށް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލާ އެއް ގޮތަށް ރިސޯޓުތަކުން އަމަލު ކުރަމުން ނުދާ ކަމަށެވެ.

ނަމަވެސް މިކަމުގައި އެޗްޕީއޭއިން އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު އިއްޔެ ޓޫރިޒަމް މިނިސްޓްރީން ވަނީ އުސޫލާ ހިލާފުވާ ރިސޯޓުތަކުގެ ހުއްދަ ބާތިލްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް