ads
ކަނޑިންމަ ރިސޯޓް--
ކަނޑިންމަ މުވައްޒަފުގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް
ކޮވިޑް-19 ޖެހިގެން ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފަކު މަރުވުމުން އެކަމާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރުގެ މަރާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. 

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި 2021 ގެ ބަޖެޓު ހުށަހަޅަމުން ދާތީ ކުއްލި މައްސަލަ މިއަދަށް އެޖެންޑާ ކުރެވެން ނެތް ކަމަށެވެ. 

އެ މައްސަލާގައި ބައެއް މީހުން ވަނީ އެ މަރު ހިނގީ ފަރުވާ ނުދީ ލަސް ކުރުމުން ކަމަށް ބުނެ ރިސޯޓަށް ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ. އެކަމަކު ރިސޯޓުން އެކަން ދޮގު ކުރެ އެވެ. 

އެކަމާ ހެދި ރިސޯޓުގެ 27 މުވައްޒަފަކަށް ވަނީ މި ބަލި ޖެހިފަ އެވެ. އެ ރިސޯޓު މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި ރިސޯޓުން އިހުމާލުވި ކަމަށް ބެލެވޭ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް