ads
ގަވަރުނަރު އަލީ ހާޝިމް-- ފޮޓޯ: މަޖިލިސް
ބަޖެޓުގައި ހުރީ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް: ހާޝިމް
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހުރީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ހާޝިމް ވިދާޅުވީ، ބަޖެޓްގައި ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރުނުކޮށް، އެ މަޝްރޫއުތައް ނުފެށުމަށް މަޖިލީހުން ބާރުއަޅަން ޖެހޭނެ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ. 

އަންނަ އަހަރަށް ކަނޑައަޅާފައިވާ މަޝްރޫއުތަކަކީ ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގްތިސޯދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން އަލީ ހާޝިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަންނަ އަހަރުގެ ތެރޭގައި ވެސް ރަނގަޅު ނުކުރެވިއްޖެނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރަން ދަތިވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ގަވަރުނަރު ވަނީ ބަޖެޓުގައިވާ މަޝްރޫއުތައް ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ގެއްލުން ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ 34.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުން އިގްތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނޭ ގޮތަށް މިހާރު ބަޖެޓް ދިރާސާކުރަމުން އަންނައިރު އަންނަ ބުރާސްފަތި ދުވަހަށް އެ މަސައްކަތް ނިންމަން ވަނީ ކޮމެޓީން ފާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް