ads
މަލީހު ބޭރުކުރަން ގަރާރެއް، ޒިންމާ އަދާ ނުކުރާތީ ގިނަ މައްސަލަތަކެއް!
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް މަގާމުގެ ޒިންމާ އަދާނުކުރާ ކަމުގެ ތުހުމަތުގައި އެކަން ނިމުމަކަށް ގެނައުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގަރާރެއް ހުށަހަޅައިފި އެވެ.

މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިއްމާއާއި ހަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއް ނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާ ގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބު ކޮށްފައިވާ ކަމަށެެވެ.

ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ނަމުގައި އިތުރު ކިތަންމެ ގިނަ ފަރާތްތަކަކަށް އޮޕަރޭޓާ ލައިސަންސް ދިން ނަމަވެސް، އޮޕަރޭޓަރުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކާއި، ކަސްޓަމަރުންގެ ހައްޤުތަކާއި އޮޕަރޭޓަރުންގެ ޗެކް އެންޑް ބެލެންސް ފަދަ ކަންކަން ބެލޭނެ ފަދަ ގޮތްތައް ހަދާފައި ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާނެ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓާ އަކަށް ބިލިއަންއިން ފައިދާވާ ވިޔަފާރިއެއް އުފެއްދުމަށް ދޫކޮށްލައިގެން ހުރެވެން ނެތުމުން، އެކަން ފާހަގަކޮށް ގަރާރު ހުށަހަޅާ ކަމަށެވެ.

އެގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީން ކޮށްފައި ނުވާ ކަންކަމުގެ ގޮތުގައި ގަރާރުގައި ފާހަގަކޮށްފައިވަނީ:

  • ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު 43/2015 ގައިވާ އެއްވެސް ގަވައިދެއް ހަދާފައި ނުވުން.
  • ޤާނޫނު 43/2015 އަށް އަމަލު ކުރާ މިންވަރު ބެލެވިފައި ނުވުމާއި ޤާނޫނާއި ހިލާފު ވެއްޖެނަމަ އެ ބަޔަކާމެދު ފިޔަވަޅެއް ނޭޅުން.
  • ޓެލެކޮމިއުނިކޭޝަން ޤާނޫނު 43/2015 ގެ ތިންވަނަ ބައިގައި ބަޔާން ކޮއްފައިވާ ގޮތައް އަގުތަކާއި ހިދުމަތުގެ ފެންވަރު ކޮންޓްރޯލްކޮށް ބެލެހެއްޓިފައި ނުވުން.
  • ކޮމިޔުނިކޭޝަސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އެއްވެސް ވަރަކަށް އިންޑަސްޓްރީ ރެގިއުލޭޓް ކުރެވިފައި ނުވުން.
  • ރާއްޖޭގައި ޒަމާނީ ފެންވަރެއްގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްރަކްޗައެއް ގާއިމް ކުރެވިފައި ނެތުން.
  • ރާއްޖޭގައި އޯޕަން އެކްސެސް ނެޓްވޯކްގެ ހިދުމަތް ނެތުމުގެ ސަބަބުން ގިނަ އެހެނިހެން ދާއިރާތައް ކުރިއެރުމުގައި ގޮންޖެހުންތައް ގިނަވުން.
  • ގައުމުގެ އެންމެ ބޮޑު އެއް އެސެޓް ކަމައްވާ ފްރީކުއެންސީ ސްޕެކްޓްރަމް، ޒިންމާދާރު ކުޑަ ގޮތަކަށް ފްރީކުއެންސީތައް ހިލޭ ދިރާގު އަދި އޫރީދޫއަށް ބަހާލައި ބޮޑު އަދަދެއް ހުސްކޮށްފައިވުން.
  • ދިވެހި ގައުމީ ތަރިކައެއް ކަމުގައިވާ ޑޮޓް އެމް ވީ ޑޮމެއިންގެ ބެލެނިވެރިކަމާއި، ބެލެހެއްޓެނި ވެރިކަން އަދި ނަފާ އެއްކޮށް، އިންޑަސްޓްރީ އަށް ދޫކޮށްލާފައި ބޭއްވުން، މިއެެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއް ނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާ ގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުން ވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބު ކޮށްފައިވާތީ، އެކަންކަން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

މިިނިސްޓަރު މަލީހާއި ދެކޮޅަށް ގަރާރެއް ހުށަހަޅާފައިވާއިރު މަލީހް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. 

އެ މައްސަލަ ހުށަހެޅުމާއެކު މަލީހު ވިދާޅުވީ އެއީ އޭނާ ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުން ކުރުމުން ހުށަހެޅި މައްސަލައެއް ކަމަށާއި އެކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް