ads
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރުގްޔާގެ ނަމުގައި 4 މައިންނަށް އަނިޔާކުރި މީހުންނަށް ދައުވާކުރަނީ
ރުގްޔާކުރުމުގެ ނަމުގައި ހަތަރު މައިން ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރަުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ހިމެނޭ 24 އަހަރުގެ މީހާވަނީ ރުގްޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ 3 ދަރިން ގެއެއްގައި ރަހީނުކޮށް އެ އަންހެންމީހާ ބަނދެ އެކިވަރުގެ ޖިންސާމާނީ އަދި ނަފްސާނީ އަނިޔާދީފައެވެ. އަދި އެ އަންހެން މީހާގެ އުމުރުން 7 އަހަރުގެ ކުއްޖާއަށް ރުގްޔާކުރުމުގެ ނަމުގައި މި މީހާވަަނީ ޖިންސީ ގޯނާކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނެއް މީހަކީ މިކަމުގައި އަނިޔާ ލިބުނު އަންހެން މީހާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ ކުދިންނަކީ މީނާގެ ދޮން ދަރިންނެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހްގީގުކުރަމުންނެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވުމާއެކު މިފަދަ މައްސަލަތަކަށް ރައްޔިތުން ސަމާލުވާންޖެހޭކަމަށެވެ. އަދި ކުޑަކުދިންނާގުޅޭ މިފަދަ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ ފުލުހުންނަށް ނުވަތަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް