ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ފްރާންސްގެ ލޯނުތައް ވެސް ފަސްކޮށްދީފި
ދިވެހި ސަރުކާރާއި ފްރާންސްގެ ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޓްވިޓާ މެދުވެރިކޮށް އެކަން އިއުލާނު ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިގްތިސާދު އަވަހަށް ކޮޅަށް ޖެހުމަށް ބޭނުންވާ މި ދަނޑިވަޅުގައި މިކަން މަގުފަހިކޮށްދިނުމުން ފްރާންސްގެ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ. 

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބައިލެޓަރަލް ކްރެޑިޓަރުންނަށް ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ވަގުތީ ގޮތުން ފަސްވެގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ފްރާންސްގެ ލޯނުތައް ފަސްކޮށްދޭން ނިންމާފައި ވާއިރު، އިއްޔެ ރާއްޖެ އާއި އެމެރިކާއާ ދެމެދު ވެސް ވަނީ ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެމެރިކާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން 100،000 ޑޮލަރުގެ ދަރަނި ދެއްކުން ފަސްވެގެން ދާނެ ކަމަށް އެމެރިކާ ސަފީރު އެލެއިނާ ޓެޕްލިޓްޒް ވަނީ ވިދާޅުވެފަ އެވެ. 

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފަ އެވެ. 

ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާ އާއި ޖަޕާނުން ވެސް ވަނީ ރާއްޖޭގެ ލޯނުތައް ފަސްކޮށްދޭން އެއްބަސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް