ads
2021ގައި ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާ އޭނާގެ އާއިލާއާއެކު --- ފޮޓޯ: ވިޒިޓް މޯލްޑިވްސް
އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ޖަރުމަނު ރައްޔިތެއް!
މި ފެށުނު 2021 ވަނަ އަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް ކުލަގަދަ ރަސްމިއްޔާތަކާއެކު މަރުހަބާ ކިޔައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާ އާއެކު، 2021 އަށް ކަނޑައަޅާފައިވާ 1،500،000 ފަތުރުވެރިންގެ ޓާގެޓުގެ ގުނުން ފެށުނީ ކަމަށެވެ.

އެއާއެކު މިވަނީ އިމިގްރޭޝަނުން ތައާރަފްކުރި މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށާފައެވެ. އިމިގްރޭޝަނުން މިކަމާ ގުޅިގެން ކުރި ޓުވީޓެއްގައި ބުނީ މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާއަށް އިމިގްރޭޝަނުން ވަނީ އައިދަ ޕެކޭޖް (ބްރޯންޒް ޕެކޭޖް) ދީފައި ކަމަށެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގައިވެސް މިފަދަ ފުރަތަމަ ލޯޔަލިޓީ ޕްރޮގްރާމް ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ. މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ހިމެނެއެވެ. އެއީ ބްރޯޒް ޕެކޭޖު "އައިދަ"، ސިލްވާ ޕެކޭޖު "އަންތަރަ" އަދި ގޯލްޑް ޕެކޭޖު "އަބާރަނަ" އެވެ.

މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާއަކީ ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ޖޮހެން ކާޗް އެވެ. އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައީ އާއިލާއާއެކު އެވެ. ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ހަތް ރޭ ހުރުމުގެ އިނާމު ހަވާލުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް