ads
މޯލްޑިވިއަންގެ އެމްޑީއަކަށް ހަމަޖެއްސި މިހާދު--
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރަކަށް މިހާދު
ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މުހައްމަދު މިހާދު ހަމަޖައްސައިފިއެވެ.

މޯލްޑިވިއަންގެ އެމްޑީގެ މަގާމަށް މިހާދު އައްޔަންކުރީ ކުރިން އެ މަގާމުއި ހުންނެވި މުހައްމަދު ރިޒްވީ މަގާމުން ވަކިކޮށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަ ރިޒްވީ އައްޔަން ކުރުމަށް ފަހު އެވެ. 

މުހައްމަދު މިހާދަކީ އެމްއޭސީއެލްގެ ބޯޑު މެމްބަރެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ އައިއޭއެސް އާއި އެމްޓީޑީސީގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ. 

އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ މިހާދު ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް ޑިޕާޓްމެންޓުގެ ވެރިޔާގެ މަގާމު ވެސް އަދާކުރައްވާފައެވެ. 

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި މިހާރު ތިއްބަވާނީ ޗެެއާމަން ޑރ. އަހުމަދު ޝަމްހީދުގެ އިތުރުން އެމްޑީ މިހާދު އާއި ޑިރެކްޓަރުންގެ ގޮތުގައި އަބްދުﷲ އާމިރު، އައިޝަތު ޖެނިފާ، އަޒްހީލް އަހުމަދު އަދި އިސްމާއިލް އަލީ މަނިކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް