ads
ފިނޮޅު ހަލާކުކޮށްލުމަށް ބޭނުންކުރި ސާމާނު
ގިލި ލަންކަންފުށިން މީޑިއާއަށް މައުލޫމާތު ދޭން ދެކޮޅު ހަދައިފި!
ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ރީތި ފިނޮޅަށް ގިލި ލަންކަންފުށީގެ ބަޔަކު އަރާ ހަލާކުކޮށްލި މައްސަލައިގައި އެ ރިސޯޓުން ބަހެއް ބުނަން ދެކޮޅު ހަދައިފި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ސީއެންއެމްއިން ގިލި ލަންކަށްފުއްޓަށް ގުޅުމުން އެ ރިސޯޓުން ބުނެފައިވަނީ އެ މައްސަލައިގައި އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫން ކަމަށާއި ފުލުހުންނާއި އީޕީއޭއިން އެކަމުގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.

your imageހަލާކުކޮށްލި ފިނޮޅު

ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ފިނޮޅަށް ހިންމަފުށީ ރައްޔިތުން ދަތުރު ދާތީ އެކަމާ ހިތްހަމަނުޖެހިގެން ގިލި ލަންކަންފުށީގެ ބަޔަކު ވަނީ ރޭގަނޑު އަރާ އެތަން ހަލާކުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

your imageހަލާކުކޮށްލަން އުޅުނު ފިނޮޅު

އެ މައްސަލަ މިހާރު ފުލުހުންނާއި އީޕީއޭއިން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް