ads
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ: --
ކަނޑު މަތީގައި ޓްރެފިކް ފުލުހުން ހަރަކާތްރިވާން ގޮވާލައިފި
ދިވެހި ރާއްޖޭގައި އެއްގަމުގައި ޓްރެފިކް ފުލުހުން ތިބޭގޮތަށް ކަނޑުމަތީގައި ވެސް ފުލުހުން ބޭތިއްބިމުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީ އިލްތިމާސް ކުރައްވައިފިއެވެ.

ރާއީ ވިދާޅުވީ، ދިވެހި ރާއްޖޭގައި ކަނޑުގެ ސަރަހައްދު ވެސް ޒޯން ތަކަކަށް ބަހާލައިގެން ރާއްޖޭގެ ކަނޑުތައް ފުލުހުން މޮނީޓާކުރަން ޖެހޭކަމަށެވެ. 

ދިވެހިރާއްޖޭގައި ރަސްމީ ޗާޓެއް އެކުލަވާލަން ވެސް ރައީ ވަނީ އެދިލައްވާފައެވެ. 

ރާއީ ވިދާޅުވީ އިހުޒަމާނުގައި ދަތުރުކުރި އިރު ޓެކްނޮލޮޖީގެ ބޭނުން ނުހިފި ނަމަވެސް، މިހާރު އެގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. އަދި ކުރިން ނެތް އެތައް ފަރަކާ، ފަޅަކާ ގިރިއަކާ މިހާރު އަލުން އުފެދިފަ އެބަހުރިކަން ވެސް އެނާ ފާހަގަކުރެއްވިއެވެ.

"މިހާރުން މިހާރަށް ވެސް ޓްރާންސް ޕޯޓު މިނިސްޓްރީން އެބަޖެހޭ ޗާޓު އެކުލަވާލަން،" -ރާއީ-

ރާއްޖޭގައި ރަސްމީ ޗާޓެއް ނެތުމުން އެކަމުގެ މައްސަލަތައް ދަތުރުކުރާ ގިނަބަޔަކަށް ދިމާވެއެވެ. އެގޮތުން ހުޅުމާލޭގައި ވެސް ނެތް ނެރެއް ދައްކާތީ ކަނޑު ދަތުރުކުރާ ފަރާތްތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިގޮތުން ގިނައަދަދެއްގެ ބޭރު ދަތުރުކުރާ ޔޮޓު ފަދަ ތަކެތި އަންނަނީ އެތަނަށް އުރެމުންނެވެ. 

މި މައްސަލަ ފެންމަތި ވެފައިވަނިކޮށް ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަން ރާވާފައިވާ އެ މަސައްކަތްތަކެއް ކުރަން އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ސާވޭ ދަތުރެއްގައި ވަނީ ރާއްޖެ އައިސްފައެވެ. 

އެ އުޅަދު ރާއްޖޭގައި ހަރަކާތްތެރިވަނީ ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން މާރިޗު 15 ވަނަ ދުވަހާއި ހަމައަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް