ads
ސްޕޮޓިފައި ---
ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމަކަށް ސްޕޮޓިފައި ލޯންޗު ކޮށްފި
ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމެއްގައި ސްޕޮޓިފައި ލޯންޗު ކޮށްފި އެވެ.

ސްޕޮޓިފައިއަކީ ސްވިޑިޝް އޯޑިއޯ ސްޓްރީމިންގް އެޕެކެވެ.މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެޕެކެވެ. 

މި އެޕްލިކޭޝަން ލޯންޗު ކޮށްފައިވަނީ 2006 ވަނަ އަހަރު އެވެ، ނަމަވެސް މީގެ ކުރިން މި އެޕަކީ ރާއްޖެއަށް "އެވެއިލަބަލް" އެޕެއް ނޫނެވެ. 

ހޯމަ ދުވަހު އެކުންފުނިން ވަނީ ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމަކަށް މި ހަފްތާގައި ސްޕޮޓިފައި ލޯންޗު ކުރާނެ ކަމަށް ބުނެފައެވެ. 

އެގޮތުން މިއެޕްލިކޭޝަން އަލަށް ލޯންޗު ކުރަނީ އޭޝިއާ، އެފްރިކާ، ކެރެބިއަން، ޔޫރަޕް އަދި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކަށް ކަމަށް ސްޕޮޓިފައި އިން ބުނެފައިވެއެވެ. އަދި އަލަށް މި އެޕް ލޯންޗު ކުރި ގައުމުތަކުގެ ތެރޭ ރާއްޖޭގެ އިތުރުން، ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން، ކެމްބޯޑިއާ، ބުރްނެއި އަދި މަކާއު ހިމެނެއެވެ. 

ރާއްޖޭގައި މިހާރު މި އެޕް ލޯންޗު ކޮށްފައިވާ އިރު، ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅިގެން އެމީހުންގެ ހިޔާލު ސޯޝަލް މީޑީއާގައި ހިއްސާ ކުރަމުންނެވެ.

އަދި ރާއްޖޭގެ ބައެއް މިއުޒިޝަނުން އަންނަނީ މި އެޕްގައި އެމީހުންގެ އުފެއްދުންތައް އަޕްލޯޑް ކުރާނެ ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް