ads
ހަރަމްފުޅުގައި ގައި ދުކޮށް ސަފު ހަދާފަ:-
ގައި ދުރުކޮށް ސަފު ހެދޭނަކަމަށް ސައުދީގެ އެއްވެސް އިލްމުވެރިއެއް ނުބުނޭ: ޑރ އިޔާޒް
ގައިދުރުކޮށް ސައުދީގެ ސަފުހެދޭނަކަމަށް ސައުދީގެ އެއްވެސް އިލްމުވެރިން ނުބުނާކަމަށް ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގއި ވާހަކަ ދައްކަވަމުން ދީނީ އިލްމުވެރިއާ ޑރ މުހައްމަދު އިޔާޒް މިރޭ ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް ވަނީ، ދިވެހިރާއްޖޭގައި ގައިދުރުކޮށް ސަފުހެދުމާއި ސައުދީ އަރަބިއްޔާގެ ހަރަމްފުޅުގައި ގައިދުކޮށް ސަފު ހެދުމާއި އަޅާ ކިޔާ މީހުންނަށް ރައްދު ދެއްވާފައެވެ. 

އެގޮތުން ހަރަމްފުޅުގައި ގައިދުކޮށް ސަފުހެދުމަށް ނިންމުމުން އެކަމައި ދެކޮޅަށް ދީނީ އިލްމުވެރިން ބަސް ނުބުނަނީ މަސްލަހަތައްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ. 

އިންޑޮނޭޝިއާގައި ގައިދުރުކޮށް ނަމާދުކުރަން ފެށުމުން ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިއާ އަބްދުލް މުހުސިން އަލް އަބްއާދު އެކަމާއިއިންކާރު ކުރައްވައި ބަޔާން ނެރެފައިވާކަމަށް އިޔާޒު ވިދާޅުވިއެވެ. 

"ރާސޫލާ (صلى الله عليه وسلم) ވަރަށް ބޮޑަށް ބާރު އަޅުވާފައިވާ ކައިރިކައިރީގައި ނަމާދުކުރުމަށް. ދެމީހުންގެ ދެމެދުގަ ޝައިތާނާއާށް ޖާގަ ނުދިނުމަށް. ދެމީހުން ދެމެދުގަ އެއްވެސްކަހަލަ ހުސްކަމެއް ނުބޭއްވުމަށް. ރާސޫލާ (صلى الله عليه وسلم) ވަރަށްބޮޑަށް ބާރު އަޅުއްވާފައިވޭ ފަޔާ ފަޔާ ކޮނޑާ ކޮނޑު ޖެހިގެން ތިބުމަށް ބާރު އަޅުއްވާފައިވޭ،" -ޑރ. އިޔާޒް-

ތޯގޫނު ބަލި ކިޔާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް އައި ނަމަވެސް، ގައިދުރުކޮށް ނަމާދުކޮށްފައި ނުވާކަން އިޔާޒު ފާހަގަކުރެއްވިއެވެ.  

"މިހެން ހުއްޓާ ވީގޮތަކީ ސައުދީގެ ސަރުކާރުން ނިންމެވީ ދެ ހަރަމުގަ ނަމާދު ކުރާނީ މިގޮތަށޭ (ގައިދުރުކޮށޭ). އެހިސާބުން ދެން އިލްމުވެރިން އެތަނުގެ މަސްލަހަތައްޓަކާ އެކަމަށް އެއްޗެއް ވިދާޅެއް ނުވޭ. ސައުދީގެ ދެ ހަރަމުގަ އެގޮތައް ނަމާދު ކުރިކަމުގައި ވީނަމަވެސް. ސައުދީގެ އެއްވެސް އިލްމުވެރިއެއް އެބަހުރިތޯ އެއީ ރަނގަޅުކަމެކޭ އެގޮތައް ނަމާދުކުރާށޭ ކިޔާފަ ބަޔާނެެއް ނެރުއްވާފަ؟ ނެތް!،" - ޑރ. އިޔާޒް -

އިޔާޒް ވިދުވީ ސައުދީގައި ހުރިހާކަމެއް ވެސް ވަރަށް ބޮޑަށް ބެލެހެއްޓިގެން ކުރިއަށް ދާކަމަށެވެ. އެގޮތުން މީހަކު ބާޒާރަށް ނުކުތައް ފުލުހުން އައިސް ސުވާލުކުރާކަމަށެވެ. 

"ސައުދީގެ އިލްމުވެރިން ވިދާޅުވާހާ ވެސް އެއްޗަކީ ސަރުކާރުން އެގޮތަށް [ގައިދުރުކޮށް ސަފުހަދަން] ނިންމާފަ އޮތީމަ އެގޮތައް ބޯލަންބާ ކިޔަމަންވާށޭ،" - ޑރ. އިޔާޒް

ޑރ. އިޔާޒް ގެންދަވަނީ ގައިދުރުކޮށް ނަމާދު ކުރުމަކީ އިސްލާމު ދީނުގައި އެކަން ކުރަން އަންގަވާފައިވާ ގޮތް ނޫންކަން ބުނެދިނުމަށް ސޯސަލް މީޑިއާގައި މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މި މަސައްކަތްތައް ކުރައްވަމުން ގެންދަވަނިކޮށް މީހަކު ހުށެހެޅި މައްސަލައެއްގައި ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރުކަމުން އޭނާ ވަނީ ސަސްޕެންޑު ކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް