ads
މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގައި: ފައިލް ފޮޓޯ
ޗައިނާ ވެކްސިން އިވެންޓު: މިނިސްޓަރުގެ ތައުރީފު އިންޑިއާއަށް!
ޗައިނާއިން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ ދެ ލައްކަ ޑޯޒް ވެކްސިންގެ ތެރެއިން އެއް ލައްކަ ޑޯޒު މިއަދު ރާއްޖެއަށް ގެނައުމާއި ގުޅިގެން ބޭއްވި އިވެންޓުގައި ރާއްޖޭގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ ރަނގަޅު ވާހަކަ ދައްކަވައިފިއެވެ.

މި އިވެންޓުގައި ޗައިނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގްގެ އިތުރުން ޗައިނާ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ. 

ނަމަވެސް، މި އިވެންޓުގައި ޗައިނާ ސަރުކާރަށް ތައުރީފު ކުރައްވަމުން ގޮސް އެންމެފަހުން މިނިސްޓަރު ވަނީ އިންޑިއާއަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. 

ޗައިނާއާއި އިންޑިއާ އަކީ އެކި ގޮތްގޮތުން ވާދަވެރިކަން ބޮޑު ދެ ގައުމެވެ. އަދި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީވުމުގައި ވެސް އިންޑިއާއި ޗައިނާއިން ގެންދަނީ ވާދަވެރިކަން ދައްކަމުންނެވެ. 

މިއަދުގެ އިވެންޓުގައި މިނިސްޓަރު އިންޑިއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓުކުރުމަށް ދަތިތަކެއް ހުރި ހަމަވެސް، އެ އެއްވެސް ދަތިކަމަކާއި ނުލައި ރާއްޖެއަށް ވެކްސިން ލިބޭނެކަމަށެވެ. 

"އިންޑިއާ ސަރުކާރުން ވަނީ އިތުރު އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ފޮނުވާނެކަން ޔަގީންކޮށްދީފަ. އަދި އޭގެ ފަހުން ބޭނުންވާ އެއްލަކަ ޑޯޒް ވެސް އެއްވެސް ދައްޗަކާ ނުލާ ލިބޭކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން މިއަދު ވަނީ ދެއްވާފަ،" - މިނިސްޓަރު ޝާހިދު

އެގޮތުން އިންޑިއާއިން ދިވެހިރާއްޖެއަށް އިތުރު ދެ ލައްކަ ޑޯޒް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަން ވެސް މިނިސްޓަރު އިއުލާނު ކުރެއްވީ، ޗައިނާއިން ދިވެހިރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ބޭއްވި އިވެންޓުގައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް