ads
ސީޕީ ހަމީދު: ފޮޓޯ ފުލުހުން
ފުލުހުންގެ ހިދުމަތައް މަދަނީ ޖަމާއަތްތަކުގެ ބައިވެރިވުން މުހިންމު: ސީޕީ ހަމީދު
އާގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތް ދޭނީ މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށްކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އދ އޮމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާއި އެއްގޮތަށް އެހިދުމަތް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށްކަމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

"ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރަން،" -ސީޕީ ހަމީދު-

އޮމަދޫގައި ހުޅުވިގެންދިޔަ މި ޕޮލިސް ޕޯސްޓަކީ މިދެންނެވި އަމާޒަށް ވާސިލުވުމަށްޓަކައި ކުރިޔަށް އެޅުނު ފިޔަވަޅެއްކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. 

އޮމަދޫ ޕޮލިސް ޕޯސްޓު ހުޅުވާ ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް