ads
މާލޭގެ ރެސްޓޯރަންޓެއް---ފޮޓޯ:އެޑިޝަން
އެއްވެސް ވިޔަފާރިއަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުދެން: އިކޮނޮމިކް މިނިސްޓްރީ
އެއްވެސް ވިޔަފާރިއަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުދޭ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިން ޑިވަލޮޕްމަންޓުން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މީގެ ކުރިން އާންމު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރޯދަމަހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭ ތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރޯދަމަހު އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާތަންތަން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ފެށިގެން 12:00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ވަނީ، މި މުއްދަތުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ވިޔަފާރި ކުރާ ހުރިހާ ތަނަކުންވެސް މި ގޮތުގެ މަތިން އަމަލު ކުރުމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް