ads
ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިންނާއެކު މިނިސްޓަރު މައުސޫމް ---
ވެކްސިން ޓޫރިޒަމާއެކު ފަތުރުވެރިންގެ އަދަދު ބޮޑުތަކުން އިތުރުވާނެ: މިނިސްޓަރު
ވެކްސިން ޓޫރިޒަމާއެކު ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަކުން އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދަޅުވީ ރާއްޖެއިން ވެކްސިން ޓޫރިޒަމް ފަށަން އުޅޭ ވާހަކަ މުޅު ދުނިޔޭގެ އެކިކަންކޮޅުތަކަށް މިހާރު ފެތުރިފައިވާކަމަށެވެ. 

ރާއްޖެއިން ފަށަން ނިންމާފައިވާ ވެކްސިން ފަތުރުވެރިކަމަށް ކިޔަނީ ވީ3 އެވެ. މާނައަކީ ވިސިޓް، ވެކްސިނޭޓް އަދި ވެކޭޝަން އެވެ.

"3 ވީ ޓޫރިޒަމް ވަރަށް ބޮޑަށް ވައިގަ ހިފައިފި، ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފަށަން އުޅޭ ވާހަކަ ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަ ދައްކާ" މިނިސްޓަރ ވިދާޅުވިއެވެ.

މި ހިދުމަތް ފަށާނީ ދިވެހިރާއްޖޭގެ 550،000 (ފަސްލައްކަ ފަންސާސް ހާސް) ދިވެހިންނަށް ވެކްސިން ދިނުމަށްފަހުއެވެ. މިހާރު ރާއްޖޭގެ 60 ޕަސަންޓަށްވުރެ ގިނަ ބަޔަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 40،000 އަށްވުރެ ގިނަ މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. 

މިއަހަރުގެ ފަތުރުވެރިކަމުގެ ލޯ ސީޒަންގައި އެހެން އަހަރުތަކަށްވުރެ ގިނައިން ރާއްޖެއަށް ފަތުުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށް ވެސް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް