ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަަލަށް 382,762 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 362,775 ފަތުރުވެރިން ނެވެ. މިއީ ކުރީ އަހަރަށްވުރެ 19،987 ފަތުރުވެރިންގެ މަދު އަދަދެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު އެ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އެއްވެސް ފަތުރުވެރިޔަކު ޒިޔާރަތްކޮށްފައިނުވެ އެވެ.
މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ޖުމްލަ 64,205 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު، އެއީ އެވެރޭޖްކޮށް ދުވަލެއްގެ މައްޗަށް 3,210 ފަތުރުވެރީންނެވެ. މިއަދަދަށް ބަލާ ނަމަ މި މަހުގެ ތެރޭގައި ރާއްޖެ އަންނާނީ 96,300 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ.
މިހާތަނަށް މިއަހަރުގެ ތެރޭގައި ޖުމްލަ 362,775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އާންމު ގޮތެއްގައި އަށް ދުވަހުގެ މުއަދަތަކަށް ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކަ އެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ އަދި ރަޝިޔާއިންނެވެ. މި ދެ ގައުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.