ads
ރާއްޖޭގެ ރިސޯޓެއްގެ ގޮނޑިދޮށުގައި ފަތުރުވެރިން، ވެލިމަޑިއަށް ކާންދެނީ..
އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރީ އޭޕްރީލް މަހު
މިއަހަރުގެ މިހާތަނަށް އެންމެ މަދު ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ނިމުނު އޭޕްރީލް މަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ފާއިތުވި އޭޕްރީލް މަހުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 91,200 ފަތުރުވެރިންކަމަށް ވާއިރު، މިއަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 389,770 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ފާއިތުވި އޭޕްރީލް މަސް ފިޔަވާ މިއަހަރު އެންމެ މަދުން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށފައިވަނީ ޖެނުވަރީ މަހުގައި ކަމަށް ވާއިރު ޖެނުވަރީ މަހުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 92,103 ފަތުރުވެރިންނެވެ. މިއީ ވެސް މިމަހާ އަޅާ ބަލާއިރު 903 ފަތުރުވެރިންގެ ދަށް އަދަދެކެވެ. 

މިދިޔަ މަހުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދު ނަމަވެސް، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މަތިވެފައެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ހަތަރު މަހުގައި ޖުމްލަ 382,762 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު މިއަހަރު ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 389,770 ފަތުރުވެރީންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 7،008 ފަތުރުވެރިންގެ މަތި އަދަދެކެވެ. 

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މާޗު މަހުގައި ކަމަށް ވާއިރު އެމަހުގައި ޖުމްލަ 109,585 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

އެވަރެޖްކޮށް ބަލާނަމަ ދުވާލެއްގެ މައްޗަށް 3,040 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާއިރު، ނުވަ ދުވަހުގެ މުއްދަތަކަށް އެމީހުން ރާއްޖޭގައި އާންމުކޮށް މަޑު ކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަނީ އިންޑިއާ އާއި ރަޝިޔާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 44.4 އިންސައްތަ އަކީ މިދެގައުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް