ads
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލިސް އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓުންނަށް ޤާސިމް ހަރަދުކުރި
2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންނަށް ހަރަދު ކޮށްފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންނަށް ހަރަދު ކޮށްފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ޤާސިމް، އަބްދުއްރަހީމްގެ ކެމްޕެއިންނަށް ހަރަދު ކުރެއްވި ކަމަށެވެ.

"މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އަޅުގަނޑުމެން [އިދިކޮޅު ކޯލިޝަން] ޖޭޕީ އާއި އެކީގަ މަސައްކަތްކުރިން. މަސައްކަތް ކުރި އިރު އަޅުގަނޑުމެންގެ ކެމްޕެއިނަށް ޤާސިމް ހަރަދުކުރެއްވި. އެއީ ވަކި އަޅުގަނޑެއް ނޫން. އަޅުގަނޑުމެން ދެ ޕާޓީން ކުރިމަތިލި ކެނޑިޑޭޓުންނަށްވެސް ޤާސިމް ހަރަދުކުރެއްވި. އެ އުސޫލުން އަޅުގަނޑުގެ ކެމްޕެއިނަށްވެސް ޤާސިމް ހަރަދުކޮށްދެއްވާފަ ހުންނާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޤާސިމަކީ ވަރަށް ޒަމާންވީ ރައްޓެއްސެއްކަމަށެވެ. އަދި އެ ރަހުމަތްތެރި ކަމުގެ ދަށުން، އޭނާއަށް ދިމާވާ ބައެއް ދަތި ކަންކަމުގައި ޤާސިމް އެހީތެރިވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޤާސިމްގެ އަތުން އަބްދުއްރަހީމް މަހު މުސާރަ ނަގާކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް އިރެއްގައި ޤާސިމްގެ އަތުން މަހުމުސާރަ ނަގާފައި ނުވާކަމަށެވެ. އަދި ޤާސިމް އެހީތެރިވުމުގެ ގޮތުން އޭނާއަށް ކޮށްދޭ ކަންކަމުގެ ވާހަކަ އެހެން ފަރާތްތަކުން ދައްކާ ކަމަށާއި، އެހެން ނަމަވެސް އެއީ ޤާސިމް ކުރައްވާ ކަމެއްކަމަށް ގަބޫލުނުކުރާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް