ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ނިންމައިފި
ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ހުރިހާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ފާސްކޮށްފިއެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. 

މި ބިލު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ތަހުގީގުކުރުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ބަހުސްކޮށްފައެވެ. އަދި އިގްތިސޯދީ ކޮމިޓީން ބިލް ފޮނުވިގޮތަށް ފާސްކޮށްފައިވަނީ 43 މެންބަރުންގެ ވޯޓާއެކުގައެވެ. މި ބިލާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދީފައެވެ.

މި ބިލަށް ގެނައި އިސްލާހާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ދެން ނަގާނީ ޑިޕާޗާ ޓެކުހެކެވެ.

ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށާއި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމުގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގޭނެއެވެ.

މިހާރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި، ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. މީގެ އިތުރުން އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގާނެ އެވެ. އެގޮތުން މިހާރު ދިވެހިންގެ އަތުން ޖުމްލަ 24 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 50 ޑޮލަރު ނަގަ އެވެ.

މީގެ އިތުރުން އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު އިކޮނޮމީ ކްލާސްއިން ފުރާ ދިވެހިންގެ އަތުން ނަގާނީ ކުރިން ވެސް ނަގަމުން އައި ގޮތަށް 12 ޑޮލަރެވެ.

މި ބިލަށް އަމަލު ކުރަން ކުރިން އޮތީ މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކަމަށްވީ ނަމަވެސް ސަރުކާރުން ބިލު ހުށަހެޅި އިރު އެ ޓެކްސް ނަގަން ކަނޑައެޅި މުއްދަތު ފާއިތުވެފައި ވުމާއެކު ބިލަށް އަމަލުކުރަން ދެން ފަށަން ފާސްކޮށްފައިވަނީ އަންނަ މަހުން ފެށިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް