ads
ތިލަފުށީ ހާބަރު ރިހެބިލިޓޭޓް ކުރަނީ
ތިލަފުށީ ހާބަރު މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ
ކ. ތިލަފުށީ ހާބަރު ރިހެބިލިޓޭޓްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އަދި ވާކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހެވީ ވެހިކަލް ޕާކް ކުރާނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި، ވެހިކަލް ޕާރކް ކުރާ ތަނެއް ގާއިމުކުރުމާއި، ވާކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއްގާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ. 

މި މަޝްރޫއުއަކީ 135.7 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް